HOME    

ޤައުމީ ސްވިމިންގ ޓީމުން، ދެ ރެކޯޑެއް އާކޮށްފި

09-02-2010

ލާލް

ބަގްލަދޭޝްގައި ކުރިއަށްދާ 11 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ސްވިމިންގ ޓީމުން، ގައުމީ ދެ ރެކޯޑެއް އާކޮށްފިއެވެ. މި ދެރިކޯޑް އާކުރީ ރާއްޖޭގެ ޤައުމީ ސްވިމިންގ ޓީމްގެ ހަސަން އިނާޔަތުއެވެ.

އެގޮތުން މިދިޔަ އަހަރު ރޯމްގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި އިބްރާހީމް ޝަމީލް ހަދާފައިވާ 100މ ފްރީސްޓައިލް ރެކޯޑް އިނާޔަތު އާކޮށްފައި ވަނީ 100މ ޕްރީސްޓައިލްގައި 1:3.5 މިނިޓުން ރޭސް ނިންމައިގެންނެވެ. ތިން ފެތުންތެރިންނާ ވާދަކޮށް މިހީޓުގެ އެއްވަނަ ހޯދައި އިނާޔަތު ފައިނަލުން ފުރުސަތު ހޯދި ނަމަވެސް ފައިނަލުގައި އޭނާ ދިޔައީ ހަތްވަނަ އަށެވެ.

އިނާޔަތު އާކުރި ދެވަނަ ރެކޯޑަކީ މީގެ ފަސްއަހަރު ކުރިން ހަސަން މުބާހް ހަދާފައިވާ 50މ ފްރީސްޓައިލް ރެކޯޑެވެ. މިރެކޯޑް އޭނާ މުގުރާލީ އިއްޔެ އޮތް 50މ ފްރީސްޓައިލްގެ ފައިނަލްގައި 21.27 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ފައިނަލުގައި ވެސް އޭނާ ނިންމީ ހަތް ވަނައަށެވެ.