|
އިންޑިޔާ އަތުން ބަލިވެ ފައިނަލަށް ދިޔުމުގެ ފުރުޞަތު ގެއްލިއްޖެ 04-02-2010
ބަންގްލަދޭޝްގެ ޑާކާއިން: ޙުސައިން ފަރިޔާޒް ގައުމީ ވޮލީ ޓީމު އިއްޔެ އިންޑިޔާ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ފައިނަލަށް ދިޔުމުގެ ފުރުސަތު ގެއްލި ތިން ވަނަ ހޮވާ މެޗަށް މިއަދު ނިކުންނާނެ އެވެ. ސައުތު އޭޝިޔަންގޭމްސްގައި ވާދަކުރާ ނުވަ ކުޅިވަރުގެ ތެރޭން ފުރަތަމަ ފުރަތަމަ ފަހަރަށް މެޑަލްއެއް ހޯދުމުގެ ފިރުސަތު ތަނަވަސް ވެފައިވާ ވޮލީ ޓީމު މިއަދު ނިކުންނާނީ ސްރީލަންކާ އާއި ދެކޮަޅަށް މިމެޗުން މޮޅުވެ ތިން ވަނަ މަގާމު ރާއްޖެ އަށް ލިބިއްޖެ ނަމަ ގައުމީ ވޮލި ޓީމަށް ފުރަތަމަ ފަހަރަށް ބައިނަލް އަގުވާމީ މެޑަލް އެއް ކަރުގައި އަޅުވާލުމުގެ ފުރުސަތު ލިބިގެންދާނެެއެވެ. މިމުބާރާތުގެ ސެމީފައިނަލްގައި އިއްޔެ މިސަރަހައްދުގެ ވޮލީގައި އެންމެ ގަދަ ބާރު ކަމަށްވާ އިންޑިޔާ އަތުން ދިވެހި ޓީމު ބަލިވެފައި ވަނީ ފަންސަވީސް، އެކާވީސް، ފަންސަވީސް ބާރަ، ފަންސަވީސް، ސާދައިންނެވެ. ބްރޯންޒް މެޑަލް ހޯދުމަށް މިއަދު ދިވެހި ޓީމު ނިކުންނައިރު މިފަހަރު މުބާރާތުގައި ވަރަށް ރަނގަޅު ކުޅުމެއް ވޮލީ ޓީމު ވަނީ ދައްކާފައެވެ. ލަންކާ އާއި ދެކޮޅަށް ދިވެހި ޓީމު ނިކުންނައިރު މިހާތަނަށް ރާއްޖެ އާއި ލަންކާ ވޮލީގައި ބައްދަލު ކޮށްފައިވަނީ އެންމެ ފަހަރަކު، އެފަހަރު މެޗު 3-1 ކާމިޔާބު ކޮށްފައިވަނީ ލަންކާއެވެ. |
||||||||||