|
ކުޅިވަރާބެހޭ ގައުމީ މަޖްލިސް އިންތިޚާބުކޮށްފި 02-07-2009 އިސްމާއީލް ހައިބަތު ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބު ބާއްވައިފިއެވެ. އިންތިޚާބުގައި އެކިއެކި މަގާމުތަކަށް ވަރަށްގިނަ ފަރާތްތަކުން ވަނީ ކުރިމަތި ލައިގެން ވާދަ ކުރައްވާފައެވެ. ތިރީގައި އެވަނީ ކުޅިވަރުގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި އެމަޖިލިސް އިންތިޚާބު ވެފައިވާގޮތާއި އިންތިޚާބުވި ބޭފުޅުންނެވެ. އަދި ސަރުކާރުން އައްޔަން ކުރެއްވި ބޭފުޅުންނެވެ. މަޖިލީހުގައި ހިމެނޭނީ ޖުމްލަ 13 މެމްބަރުންނެވެ. އެއީ އެސޯސިއޭޝަންތަކުން 8 މެމްބަރުންނާއި ސަރުކާރުން 5 މެމްބަރުންނެވެ. މިއިން ކޮންމެ މެމްބަރަކަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 5 ހާސް ރުފިޔާ ލިބޭނެއެވެ. ޓީމް ސްޕޯޓްސް: 1- ހިޔަލީ މުޙައްމަދު ރަޝީދު (ފުޓްބޯޅަ އެސޯސިއޭޝަން) 2- އިލްޔާސް ވަޙީދު (ވޮލީބޯލް އެސޯސިއޭޝަން) 3- އަޙްމަދު ޙަސަން ދީދީ (ކްރިކެޓް ބޯޑު) އިންޑިވިޖުއަލް ސްޕޯޓްސް: 1- އަލީ އާމިރު (ބެޑްމިންޓަން އެސޯސިއޭޝަން) 2- އަލީ ނާސިހު (ޕޫލް ބިލިޔާޑް އެސޯސިއޭޝަން) 3- މުޙައްމަދު ތޮލާލް (އެތްލެޓިކްސް އެސޯސިއޭޝަން) 4- މުޙައްމަދު ވިޝާމް (ބޮޑީބިލްޑިންގ ފެޑަރޭޝަން) 5- ނޫހު އަލީ (ޗެސް ފެޑަރޭޝަން) ސަރުކާރުން އައްޔަން ކުރި މެމްބަރުން: 1- ޖަމީލާ އަލީ (އެޑިޔުކޭޝަން) 2- މުޙައްމަދު އަދްލީ (ޓޫރިޒަމް) 3- ޙަސަން އިސްމާއީލް (ކުޅިވަރާބެހޭ މިނިސްޓްރީ) 4- އަބްދުއްރައްޒާގު އިބްރާހިމް (ކުޅިވަރާބެހޭ މިނިސްޓްރީ) 5- ދެން އަންނާނީ އޮލިމްޕިކް ކޮމިޓީން އައްޔަން ކުރާ މެމްބަރެވެ. (މިމަގާމަށް މީހަކު ހަމަޖައްސާނީ އޮލިމްޕިކް ކޮމިޓީގެ އިންތިޚާބަށް ފަހުއެވެ) |
||||||||||