|
މިއަދު ކުޅޭނީ ވެލެންސިއާ އާއި އޭވައިއެލް 03-07-2009 އިސްމާއީލް ހައިބަތު ވަތަނިއްޔާ ދިވެހި ލީގުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ކުލަބް ވެލެންސިއާ އާއި އޭވައިއެލްއެލްއެވެ. ވެލެންސިއާ އާއި އޭވައިއެލް ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 3-1 ން ވެލެންސިއާ މޮޅުވެގެންނެވެ. މިއަދުގެ މެޗަށް މިދެޓީމު ނުކުންނައިރު މިދެޓީމު އޮތް ޙާލަތަށް ބަލާއިރު ދެޓީމުވެސް އޮތީ ލީގުގެ މާރަނގަޅު ހިސާބެއްގައެއްނޫނެވެ. އެހެންކަމުން މިރޭގެ މެޗަށް ދެޓީމުވެސް ނުކުންނަނީ ވެވުނު އެންމެ ސީރިއަސްއެއް ވެގެންނެވެ. ވެލެންސިއާއަށް ބަލާއިރު އެޓީމު އޮތީ 7 ޓީމު ވާދަކުރާ ލީގުގެ 6 ވަނައިގައެވެ. އޭވައިއެލް އޮތީ 7 ޓީމުގެ ތެރެއިން 5 ވަނައިގައެވެ. ވެލެންސިއާއަށް ލިބިފައި ވަނީ 6 ޕޮއިންޓެވެ. މިއީ ލީގުގެ ފުލުގައި އޮތް ކަޅައިދޫއަށްވުރެ އެންމެ ޕޮއިންޓެއްގެ ކުރިއެރުމެކެވެ. އޭވައިއެލް 5 ވަނައިގައި އޮތީ 11 ޕޮއިންޓް ހޯދައިގެންނެވެ. މިއަދުގެ މެޗުން ވެލެންސިއާ މޮޅުވިޔަސް ލީގުގައި އެމީހުން އޮތް މަގާމަކަށް އަދި ބަދަލެއް ނާންނާނެއެވެ. ނަމަވެސް އޭވައިއެލް މޮޅުވެއްޖެނަމަ ކުރީގައި 4 ވަނައިގައި އޮތް ނިއުރޭޑިއަންޓް އަތުލުމުގެ ފުރުޞަތު އެބައޮތެވެ. |
||||||||||