|
ސިފައިންގެ ފުޓްބޯޅަ ޓީމު އިފްތިތާހު ކުރުމުގެ ކުލަގަދަ ރަސްމިއްޔާތު މިރޭ އޮންނާނެ 03-07-2009 ލާލް ދިވެހި ސިފައިންގެ ފުޓްބޯޅަ ޓީމު ރަސްމީކޮށް ފުޓްބޯޅައިގެ މައިދާނަށް ގައުމީ ފެންވަރުގައި ނުކުތުން ފާހަގަ ކުރުމަށް ބާއްވާ ކުލަގަދަ ރަސްމިއްޔާތު މިރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގައި އޮންނާނެއެވެ. މިރޭގެ ރަސްމިއްޔާތުގައި ބަޑިބޭހުގެ ހަވާ އެރުވުމުގެ ކުޅިވަރު ތަކާއި ރޭޒަރގެ ކުޅިވަރުތައްވެސް ފެނިގެންދާނެއެވެ. 15 ރުފިޔާ އާއި 10 ރުފިޔާއަށް ޓިކެޓް ވިއްކައިގެން ކުޅިބަލަން ވަނުމުގެ ފުރުޞަތު ހުޅުވާލާފައިވާ މިރަސްމިއްޔާތުގައި ބަޑިބޭހުގެ ހަވާ އެރުވުމާއި ލޭޒަރގެ ކުޅިވަރު ތަކަށްފަހު ދިވެހި ސިފައިންނާއި ސްރީލަންކާގެ އާރމީ ފުޓްބޯޅަ ޓީމު އެކުވެރިކަމުގެ މެޗެއްވެސް ކުޅޭނެއެވެ. ދިވެހި ސިފައިންގެ ޓީމުގެ ކޯޗަކީ ކުރިން ގައުމީޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރި އިޙްސާން އަބްދުލްޣަނީއެވެ. |
||||||||||